Ads by Farudhun

ޚަބަރު

އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ މުހިންމުކަން ރައީސް ފާހަގަކުރައްވައިފި

އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ މުހިންމުކަން ރައީސް ފާހަގަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖޫން 2026، 04:22

27 ޖޫން 2026، 04:22

ރާއްޖޭގެ އިގްތިސާދުގެ ވަރުގަދަކަން ބިނާވެފައިވަނީ، މި ޤައުމުގެ ހާހެއްހާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެޖެއެވެ. 

މި އަހަރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ދުވަހުގެ (އެމްއެސްއެމްއީ ދުވަހުގެ) މުނާސަބަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖޭގައި ރަނގަޅު އިގްތިސާދެއް ބިނާ ކުރުމަށްޓަކައި އަދާކުރަމުންދާ ދައުރުގެ އަގުވަޒަންކުރައްވާފައެވެ. 



މީގެ އިތުރުން، ރައީސް ވަނީ މޯލްޑިވްސް 2.0 ގެ ދަށުން ވިޔަފާރިތަކަށް ލިބޭ ފައިސާގެ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރ އަދި، ދުނިޔޭގެ މާކެޓަށް ނިކުތުމަށް އޮންނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ވިޔަފާރިތައް އިތުރަށް ފުޅާވެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމުގެ މަގުތައް ފަހިކޮށްދެއްވަމުންދާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، އެކި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭ ސަގާފީ މަރުކަޒުތަކާއި، ކްރިއޭޓަރ ހަބާއި، އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގްގެ އިތުރުން، އަލީބާބާ އަދު ޕޭޕަލް މެދުވެރިކޮށް ފުރުސަތުތައް ފަހިކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ، ހުރިހާ ފަރާތަކަށް ވެސް، ފުރުސަތުތައް ފަހިކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެސްއެމްއީ ވިޔަފާރިތައް ކުރިއެރުވުގެ މަސައްކަތަށް 2026 އާއި 2027 ވަނަ އަހަރު ބޮޑު ސަމާލުކަމެއްދީގެން ކުރިއަށްގެންދަވާނެކަމާއި، އެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެފަދަ އިގްތިސާދެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންމަތީ ދެމިހުންނާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްއެސްއެމްއީ ދުވަސް މިއަދު ފާހަގަކުރެވެމުންދާއިރު، އަދުގެ ސަރުކާރުން އެސްއެމްއީ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމުގެ މަގަސަދުގައި ކުދި އަދި މެދު ފަންތީގެ ވިޔާފާރިތަކަށް ޚާއްޞަކޮށްގެން މުޅިން އަލަށް މި ސަރުކާރުން ވަނީ އެވޯޑްތައްދޭން ފަށާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450