Ads by Farudhun

ޚަބަރު

"އެމްއެސްއެމްއީ ފެސްޓް 2026" މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި

"އެމްއެސްއެމްއީ ފެސްޓް 2026" މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި

ހުޅުމާލޭ ސެންޓްރަލް ޕާކު. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖޫން 2026، 10:57

27 ޖޫން 2026، 10:57

މިއަހަރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ދުވަހުގެ (އެމްއެސްއެމްއީ ދުވަހުގެ) މުނާސަބަތުގައި، އެސްއެމްއީ ޑިޖިޓަލްއިން ކުރިއަށްގެންދިޔުމަށް ތައްޔާރުވެފައިވާ ހާއްސަ ޕްރޮގްރާމުތަކުގެ ތެރެއިން، "އެމްއެސްއެމްއީ ފެސްޓް 2026" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

މިއީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ. 

ހަރަކާތުގެ ދަށުން، 30 ވިޔަފާރިއަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ތަކެތި ވިއްކުމަށް ސްޓޯލްތައް ދޫކޮށްފައިވާކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލް، ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ސްޓޯލްތަކެއްވެސް މި ހަރަކާތުން ފެނިގެންދާނެކަން ވަނީ ހާމަކޮށްފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް މެދުވެރިކޮށް ހެނދުނު 10:30 އިން ރޭގަނޑު 11:00 އަށް ހިންގާ ހާއްސަ ޓެލެތޯން ފާހަގަކޮށްލެވެއެވެ. ވަގުތުން ދައްކަމުންދާނޭ މި ޓެލެތޯންގެ މައިގަނޑު ބޭނުމަކީ ކުދި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި ކޮންޓެންޓްތައް އާންމުންނަށް ގެނެސްދިނުމެވެ.

އަދި މީގެ އިތުރުން، ސޯޝަލް މީޑިއާގައި އާންމުން ބައިވެރިކުރުވުމަށް "ޓެގް ޔޯ ފެވަރިޓް އެމްއެސްއެމްއީ"ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ ކެމްޕެއިނެއް އެސްއެމްއީ ޑިޖިޓަލް އިން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އެސްއެމްއީ ޑިޖިޓަލްގެ އިންސްޓަގްރާމްގައި ކުރިއަށްދާ މި މުބާރާތުގައި، އާންމުންނަށް އެންމެ ކަމުދާ ކުދި ވިޔަފާރިތައް ޓެގްކޮށްގެން، ޓެގްކުރާ ފަރާތަށާއި އެ ވިޔަފާރިއަކަށް އިނާމު ލިނިގެންދާނޭ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ތަފާތު ކެޓަގަރީތަކަށް ބަހާލައިގެން، "ކެޕްޗަރއެމްއެސްއެމްއީ" ގެ ނަމުގައި ފޮޓޯގްރަފީ މުބާރާތެއް ބޭއްވިމަށް ވަނީ ހުޅުވާލެވިފައެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރާއި އެފަރާތްތަކުގެ ބުރަ މަސައްކަތްތައް ތަފާތު ނަޒަރިއްޔާތަކުން ދައްކާލުމަށް ބާއްވާ މުބާރާތެކެވެ. 

އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމާއި ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވެފައިވަނީ، ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް ކަމަށާއި، ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި، މުޖުތަމައަކަށާއި، އަދި ރާއްޖޭގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ، ވިޔަފާރިތަކުގެ ކުރިއެރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ހުރިހާ ކުދި ވިޔަފާރިތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450