Ads by Farudhun

ޚަބަރު

"މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ރަސްމީކޮށް އިފްތިތާޙުކޮށްފި

"މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ރަސްމީކޮށް އިފްތިތާޙުކޮށްފި

މިކަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖޫން 2026، 10:37

27 ޖޫން 2026، 10:37

ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. 

މިކަން އިފްތިތާހުކޮށްފައިވަނީ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި، ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރެކަމާއެކު  އެކުލަވާލެވުނު މި ބްލޫޕްރިންޓަކީ، ދިވެހި ސަރުކާރުގެ "މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކަން ފާހަގަކޮށްލެވެއެވެ. 

ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ވަނީ ހިމަނާފައެވެ. އަދި ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި، ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުތައް ވެސް  ބްލޫޕްރިންޓްގައި ހިމަނާފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ޤީލާ ވިދާޅުވީ، ސިއްޙީ ޚިދުމަތް ދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތްތަކެއް ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް ބަދަލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. 

މި ބްލޫޕްރިންޓް އިފްތިތާހުކުރުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށް ކަމަށް ސިއްހަތާބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ. މި ކަންކަމުގެ ތެރޭގައި ހިމެނެނީ  ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްސްތައް ގުޅާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ކުރިމަގުގައި ޑިޖިޓަލައިޒޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓްތައް ހަރުދަނާކުރުމެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450