Ads by Farudhun

ޚަބަރު

އުތީމު ބޮޑުތަކުރުފާނު ގޭޓުގެ މަސައްކަތް ބާރުސްޕީޑުގައި: އަމާޒަކީ ގައުމީ ދުވަހަށް ނިންމާލުން

އުތީމު ބޮޑުތަކުރުފާނު ގޭޓުގެ މަސައްކަތް ބާރުސްޕީޑުގައި: އަމާޒަކީ ގައުމީ ދުވަހަށް ނިންމާލުން

ބޮޑު ތަކުރުފާނު ގޭޓް- ފޮޓޯ: އެމްޕީ ޝުޖާއު އެކްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖޫން 2026، 05:48

25 ޖޫން 2026، 05:48

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ހއ. އުތީމުގައި ބިނާކުރާ "ބޮޑުތަކުރުފާނު ގޭޓް" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ބާރަށު ދާއިރާ މެމްބަރު އިބުރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ އުތީމުގެ ތާރީޚީ މުހިންމުކަން ދެމެހެއްޓުމަށާއި، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުގެ ގައުމީވަންތަކަން ރަމްޒުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. 

އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ގައުމީ ދުވަހުގެ މުނާސަބަތާ ދިމާކޮށް މި ގޭޓުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ. މިއީ ގައުމީ ފަޚުރުވެރި ދުވަހެއްގައި އުތީމުގެ ރައްޔިތުންނަށާއި މުޅި ދިވެހި ގައުމަށް ދެވޭނެ ހަދިޔާއެއްގެ ގޮތުގައި ގިނަ ބަޔަކުދެކެއެވެ.



މި މަސައްކަތަށް ސަރުކާރުން ދެއްވާ ހާއްސަ އިސްކަމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުޖާއު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް، ރަށުގެ ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ގިނަބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

އުތީމު ބޮޑުތަކުރުފާނު ގޭޓަކީ އެ ރަށުގެ ރީތިކަމާއި ތާރީޚީ މުއްސަނދިކަން އިތުރަށް ފުރިހަމަކޮށްދޭނެ ފާހަގަކޮށްލެވޭ ބިނާއަކަށް ވެގެންދާނެއެވެ.

އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ގައުމުގައި ހުންނަ މިފަދަ އާސާރީ ތަންތަން ރަނގަޅަށް ބަލަހައްޓާ އާބާތުރަ ފިލުވާ، މިތަންތަން ރައްކާ ތަންތަނުގެ ގޮތުގައި ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450