ވިޔަފާރި / ޚަބަރު

އެމް.އެސް.އެމް.އީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެމް.އެސް.އެމް.އީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަނީ

ކުދި ވިޔަފާރިތަކަށް ޚާއްސަ މައުލޫމާތު ސެޝަންއެއް ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 04:02

25 ޖޫން 2026، 04:02

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް (އެމް.އެސް.އެމް.އީ ޑޭ) ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގެވުމާއެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތަފްސީލު މިއަދު ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ. މިއަހަރުގެ އެމް.އެސް.އެމް.އީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 27 ޖޫން 2026 އެވެ.

ބީސީސީން ހާމަކުރި ގޮތުގައި، މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން "އެމް.އެސް.އެމް.އީ ބިޔޯންޑް" ގެ ނަމުގައި ރާއްޖޭގެ އެކި ރަށްތަކުގައި ހުންނަ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ޚާއްސަ ސެޝަންތަކެއް ކުރިއަށްދާނެއެވެ. މި ސެޝަންތަކުގައި ވިޔަފާރިއެއް ފަށާނެ ގޮތާއި، ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ހަރަކާތްތައް ކ. ހުރާގައި

މި ދުވަހާ ގުޅުވައިގެން އެސްއެމްއީ ޑިޖިޓަލް އިން ކ. ހުރާ ކައުންސިލާއި ބީސީސީއާ ގުޅިގެން ހޮނިހިރު ދުވަހު ޚާއްސަ ހަރަކާތެއް ކުރިއަށްގެންދާނެއެވެ. ހެނދުނު 9:30 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ހަރަކާތުގައި ވިޔަފާރިތަކަށް ހުރި މާލީ އެހީގެ ފުރުސަތުތަކާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.އެސް.އެމް.އީ ޕިޗް އަޕް އަދި ފެސްޓިވަލް

ބީސީސީން އަލަށް ތައާރަފުކުރި "އެމް.އެސް.އެމް.އީ ޕިޗް އަޕް" ހަރަކާތުގެ ދަށުން ހޮވާލެވޭ އަށް ޓީމަކަށް ތަޖުރިބާކާރުންގެ މެންޓަރިންގ ފޯރުކޮށްދޭނެއެވެ. މީގެ ބޭނުމަކީ ވިޔަފާރި ޚިޔާލުތައް އަމަލީ އުފެއްދުންތަކަކަށް ބަދަލުކުރުމަށް އެހީތެރިވުމެވެ.

މީގެ އިތުރުން، ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި "އެމް.އެސް.އެމް.އީ ފެސްޓް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންގެ ކުޅިވަރުތައް ކުރިއަށްދާނެއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން "އެމް.އެސް.އެމް.އީ ޑޭ ލައިވް" ގެ ނަމުގައި މުޅި ދުވަހަށް ބަހާލައިގެން ޚާއްސަ ޓީވީ ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓް ކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްތަކުގައި ވިޔަފާރިތައް ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ.




Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450