Ads by Farudhun

ޚަބަރު

އެމްޓީސީސީގެ ޗެއަރޕާރސަން ކަމުގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަންކޮށްފި

އެމްޓީސީސީގެ ޗެއަރޕާރސަން ކަމުގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަންކޮށްފި

ސަޢާދާ އިބްރާހިމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 ޖޫން 2026، 12:05

25 ޖޫން 2026، 12:05

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއަރޕާރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ސަޢާދާ އިބްރާހިމް އައްޔަންކުރައްވާފައިވާކަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފިއެވެ. 

ޕީސީބީން އެކްސްގައި ކުރެއްވި ޓުވީޓެއްގައި މިކަން ހާމަކުރައްވާ ވިދާޅުވީ 24 ޖޫން 2026 އިން ފެށިގެން ސަޢާދާ ވަނީ އެމަޤާމަށް އައްޔަނުކުރެވިފައި ކަމަށެވެ.



ސަޢަދާ އިބްރާހީމަކީ ދައުލަތުގެ މާލީ ނިޒާމު ބެލެހެއްޓުމާއި، ކޯޕަރޭޓް ފައިނޭންސް، ބަޖެޓް ތައްޔާރުކުރުން، މާލީ ދިރާސާކުރުން އަދި ރެގިއުލޭޓަރީ ކޮމްޕްލަޔަންސްގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ  މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފައިނޭންޝަލް ސްޕެޝަލިސްޓްގެ މަގާމެވެ.  

މީގެ ކުރިން ސަޢާދާ ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ވެސް ހަމަ މި މަގާމު އަދާކުރައްވާފައެވެ.  އަދި އޭގެ އިތުރުން އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ ސީނިއަރ ކްރެޑިޓް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ މާލީ ދިރާސާ ހަދައި، އެކަމާ ގުޅޭ ރިޕޯޓުތައް ބޯޑު އޮފް ޑިރެކްޓަރުންނަށް ހުށަހެޅުމުގެ ޒިންމާ ވެސް އޭނާ ވަނީ އުފުއްލަވާފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ވިލާ ކޮލެޖް މެދުވެރިކޮށް ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ބެޗްލަރސް ޑިގްރީ (އޮނާސް) ސަޢާދާ  ހާސިލްކުރެއްވިއެވެ. އަދި އޭނާ މިހާރުދަނީ  އޭ.ސީ.ސީ.އޭ ޕްރޮފެޝަނަލް ކޮލިފިކޭޝަން ފުރިހަމަކުރައްވަމުންނެވެ.

އެންމެ ފަހުން އެމްޓީސީސީގެ ޗެއަރޕާރސަން ކަމުގެ މަޤާމުގައި ހުންނެވީ  މުޙައްމަދު އަފީފް ހުސައިންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450