ވިޔަފާރި / ޚަބަރު

"އަގުމަގު" ޕޯޓަލް މެދުވެރިކޮށް އަތޮޅުތެރޭގެ ފިހާރަތަކުގެ އަގުތައް ބަލައިލެވޭ އިންތިޒާމު ހަމަޖައްސަނީ

"އަގުމަގު" ޕޯޓަލް މެދުވެރިކޮށް އަތޮޅުތެރޭގެ ފިހާރަތަކުގެ އަގުތައް ބަލައިލެވޭ އިންތިޒާމު ހަމަޖައްސަނީ

ކުޅުދުއްފުށީ ފިހާރައެއް : ފްރަންޓްލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 11:38

25 ޖޫން 2026، 11:38

މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

"އަގުމަގު" އަކީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބެންހުރި ފިހާރަތައް ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލެކެވެ. މި ޕޯޓަލްގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. މި ޕޯޓަލްގައި ހިމަނާ މަޢުލޫމާތަކީ އެ ވުޒާރާގެ އިންސްޕެކްޝަން ޓީމުތަކުން އަމަލީ ގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް އެއްކުރާ އަގުތަކެކެވެ.

އިޤުތިޞާދީ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، މިހާރު މި ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކުގެ އަގުތައް ކަމަށެވެ. ނަމަވެސް، ވިޔަފާރިތަކުގެ ޕީއޯއެސް  ސިސްޓަމްތައް އިންޓަގްރޭޓް ކުރެވުމާއެކު، އަތޮޅުތެރޭގެ އެކި ރަށްރަށުގެ އައުޓްލެޓްތަކުގައި ތަކެތި ހުރި އަގުތައް ވެސް ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖުލައިމަސްތެރޭގައި މީގެ ބޮޑުބައެއް ނިންމައި، އަންނަ މަހުގެ ތެރޭގައި އަތޮޅުތެރޭގެ އަގުތައް ވެސް ޕޯޓަލްއިން ފެންނާނެ ގޮތް ހެދުމަށް،

      ސްޓޭޓް މިނިސްޓަރ 

މީގެ އިތުރުން، ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން "އަގުމަގު" ގެ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން ރިފާޢު ހާމަކުރެއްވިއެވެ. މި އެޕްލިކޭޝަން ވެގެންދާނީ މިހާރު ވެބް ޕޯޓަލްއިން ލިބެން ނެތް ގިނަ ފީޗަރތަކަކާއެކު، ފިހާރަތަކުގެ އަގުތައް ވަރަށް ފަސޭހައިން އަޅާކިޔާލެވޭނެ ފަދަ ނިޒާމަކަށެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ތަކެތި ގަތުމުގެ ކުރިން އެންމެ އަގުހެޔޮކޮށް މުދާ ލިބެން ހުރި ތަންތަން ބަލައިލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450