Ads by Farudhun

ޚަބަރު

ފޮއްދޫ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފޮއްދޫ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. ފޮއްދޫގައި ކުރިއަށްދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ޖޫން 2026، 03:46

24 ޖޫން 2026، 03:46

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި ޢިމާރާތްކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީސީ) އިން ހާމަކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ އެތަނުގެ ފުރާޅުގެ ބީމްތަކަށް ބޭނުންވާ ފޯމް ވޯކްގެ މަސައްކަތް ކަމަށެވެ. 



ފޮއްދޫގައި އިމާރާތްކުރަމުން މި ދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްޞަ ރަސްމިޔާތެއްގައެވެ. ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

މި ސެންޓަރުގެ ސަބަބުން ފޮއްދޫގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެ، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިއީ ރަށުގެ އެއްބައިވަންތަކަން އިތުރުވެގެންދާނެކަމެއް ކަމަށް ލަފާކުރެވެއެވެ. 

އެމްޓީސީސީއާއި ހަވާލުކުރެވިގެން ފޮއްދޫގައި އިތުރު ޕްރޮޖެކްޓުތައް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން އެ ރަށުގެ ބަނދަރު ޒާމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ފޮއްދޫ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން  ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450