Ads by Farudhun

ޚަބަރު

ރެކޯޑު އަދަދަކަށް މީހުން ދުންފަތާ ދުރުވެއްޖެ: މެންބަރު ޝުޖާ

ރެކޯޑު އަދަދަކަށް މީހުން ދުންފަތާ ދުރުވެއްޖެ: މެންބަރު ޝުޖާ

މެންބަރު އިބްރާހިމް ޝުޖާޢު. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ޖޫން 2026، 11:15

24 ޖޫން 2026، 11:15

އަދުގެ ސަރުކާރުން އަޅަމުންދާ ހަރދަނާ ފިޔަވަޅުތަކާއި ގުޅިގެން ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ދުންފަތާ ދުރުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ  ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މެންބަރު ޝުޖާ މިގޮތަށް ވިދާޅުވެފައިވަނީ، ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން  ޕީއެންސީއަށް ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. 

ސަރުކާރުން ރާއްޖެގައި ދުންފަތް ބޭނުންކުރެވޭ މިންވަރު މަދު ކުރުމަށް ޓަކައި އެތައް ފިޔަވަޅެއް އަޅަމުންދާކަން ފާހަގަކުރައްވާ، މެންބަރު ޝުޖާ ވަނީ، ދުންފަތާއި ދުރުވާން ބޭނުންވާ ކޮންމެ ރައްޔިތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ ނަންމަބަރެއް އެކުލަވާލާފައިވާކަމަށެވެ. އަދި ހެލްތް މިނިސްޓްރީން މެންބަރަށް މައުލޫމާތު ދެއްވި ގޮތުގައި ރެކޯޑު އަދަދަކަށް މީހުންވަނީ ދުންފަތާ ދުރަށް ދިއުމަށް ހިދުމަތް ހޯދާފައެވެ.

މީގެ އިތުރުން މެންބަރު ޝުޖާ ވަނީ، ދުންފަތާ ދުރަށްދާން ބޭނުންވާ މީހުނަށް ހިލޭ އާސަންދައިގެ ދަށުން ބޭސްފަރުވާގެ ކަންކަން އިންތިޒާމުކުރެވޭނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހައްދަވާދެއްވަފައިވާކަން ފާހަގަކުރަށްވާފައެވެ. 

"ފައިސާ ޖީބުން ޚަރަދުކުރާކަށް ނުޖެހޭނެ ދުންފަތާ ދުރުވާކަށް" މެންބަރު ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން ރާއްޖޭގައި ދުންފަތް ބޭނުންކުރެވޭ މިންވަރު މަދު ކުރުމަށް ޓަކައި އެކަމާ ގުޅޭ އެހީތެރިކަން ފޯރުކޮށްދޭ ނަންބަރު 1676 އިފްތިތާހުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. މި ހެލްޕް ލައިންގެ ހިދުމަތް 24 ގަޑިއިރު ވެސް ލިބިގެންދާއިރު، އެތައްބައެއް ވަނީ މި ހެލްޕް ލައިނުންގެ ހިދުމަތް ހޯދާފައެވެ.

އަދުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން، ދުންފަތުން ދުރުހެލިވުމަށް އެހީތެރިކން ފޯރުކޮށްދިނުމަށް ސިޒޭޝަން ކްލިނިކްތައް މުޅި ރާއްޖޭގައި ވަނީ ގާއުިމުކޮށްދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ޥ

ޥައްޑެ

24/06/2026 11:34

މަނިކުފާނު ވެސް ހިއްޕަވަމެއްނު!

ދ

ދަންޑަހިލު

24/06/2026 12:08

ކީރިތިﷲ ތަބާރަކް ވަތަޢާލާ މިލޮބުވެތި ޤައުމާއި،އިސްލާމްދީނު ޝަރަފުގަ ހުރިހާ ބާވަތެއްގެ މަސްތުން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގެ ލޮބުވެތި ރައްޔިތުން ލައްވާށި،އާމީން

ޢ

ޢަހްމަދު

24/06/2026 17:26

ޥެއަރ އާ ދަ ނަންބަރސް