Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބާއްވާ "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ފަށައިފި

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބާއްވާ "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ފަށައިފި

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު. ފޮޓޯ: ސަރުކާރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ޖޫން 2026، 11:07

24 ޖޫން 2026، 11:07

ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާއި، އެކަންކަމަށް ހޭނުމުގެ ގޮތުން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" މިއަދު ފަށައިފިއެވެ. 

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ ފަށާފައިވަނީ 23 ޖޫން 2026 ގައި މީރުމާގައެވެ. އަދި މި ހަރަކާތުގައި މުޅި ރާއްޖެއިން 130 އަށްވުރެ ގިނަ މީހުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަމާ ބެހޭ މާހިރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިރު، މި ހަރަކާތް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްސަދަކީ،  މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް ކުޑަކޮށް، އެކަންކަމަށް ބޭނުންވާ ފައިސާ ހޯދާނެ އީޖާދީ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ރާއްޖެއިން ހޭނުމުގެ ގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މަހާސިންތާގައި  އަލިއަޅުވާލާނެއެވެ. އަދި މޫސުމީ ބަދަލުތަކާމެދު ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، އަމަލީ ގޮތުން ކުރެވިދާނެ ކަންކަން މަހާސިންތާގެ އަލީގައި ދެނެގަނެވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ތިމާވެއްޓަށި ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު  ބައިނަލްއަގުވާމީ މައިދާނުގައިވެސް  ވަނީ ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ވަކާލާތު ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450