Ads by Farudhun

ޚަބަރު

ބީސީސީން "އެމްއެސްއެމްއީ ޕިޗް" މުބާރާތެއް ބާއްވަނީ

ބީސީސީން "އެމްއެސްއެމްއީ ޕިޗް" މުބާރާތެއް ބާއްވަނީ

ޗައިނާގެ ފެއަރ އެއްގައި ބީސީސީން ރާއްޖެގެ ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލަނީ. ފޮޓޯ: ބީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 11:24

23 ޖޫން 2026، 11:24

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޚާއްޞަ "އެމްއެސްއެމްއީ ޕިޗް" މުބާރާތެއް ބޭއްވުމަށް ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީސީސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ. މި މުބާރާތަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުން ކުރިއަރުވައި، އައު ވިޔަފާރި ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހެއެވެ. ބީސީސީން މަޢުލޫމާތު ދޭ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ޒުވާނުންނަށް އެމީހުންގެ ވިޔަފާރި ޚިޔާލުތައް ދައްކާލުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މި ހަރަކާތަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ޒުވާން ވިޔަފާރިވެރިންގެ އީޖާދީ ޚިޔާލުތައް ހަގީގީ ވިޔަފާރިތަކަށް ބަދަލުކުރުމަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެކެވެ. އަދި މިއީ ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، އައު ޖީލުގެ ވިޔަފާރިވެރިން އުފެއްދުމަށް މުޅި ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ހިންގޭ މުހިންމު ހަރަކާތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450