Ads by Farudhun

ޚަބަރު

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން 11 ރަށަކަށް ތަކެތި ފޯރުކޮށްދީފި

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން 11 ރަށަކަށް ތަކެތި ފޯރުކޮށްދީފި

ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖޫން 2026، 10:41

23 ޖޫން 2026، 10:41

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށްރަށުގެ އަންހެނުންގެ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ފަށާފައިވާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާރުވަނީ 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ވަނީ ފޯރުކޮށްދެއްވިފައި ކަމަށް އެ ވުޒަރާއިން ބުނެފިއެވެ.

ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، ބޭރުން އެތެރެ ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ދަށުން ތަކެތި ފޯރުކޮށްދީފައިވަނީ، މިހާތަނަށް އެކަމާމެދު ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ޑަބްލިއުޑީސީތަކުގެ ތެރެއިން ފުރިހަމައަށް މައުލޫމާތު ހިއްސާކުރައްވާފައިވާ ރަށްތަކަށެވެ.

ފުރަތަމަ ބުރުގައި ފަތްކެޔޮގަސް އަދި ގަސްކާނާ ފޯރު ކޮށްދީފައިވާ ރަށްތައް:

  • ހއ.އިހަވަންދޫ
  • ހއ.މާރަންދޫ
  • ހއ.ތަކަންދޫ
  • ހއ. އުލިގަން
  • ހދ.ކުމުންދޫ
  • ހދ.ވައިކަރަދޫ
  • ށ.ބިލެއްފަހި
  • ށ.ގޮއިދޫ
  • ށ.މަރޮށި
  • ނ.މާޅެންދޫ
  • ނ.މާފަރު

މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު މިހާރަށް ވުރެ 50 އިންސައްތަ އިތުރުކުރުމެވެ. އަދި ބޭރުން އެތެރެކުރާ ފަތްކޭލުގެ މިންވަރު އެ މުއްދަތުގެ ތެރޭގައި 25 އިންސައްތައަށް ދަށް ކުރުމެވެ. 

ފަތްކޭލަކީ ރައްޖޭގޭގައި  ޒަމާނުއްސުރެ ހައްދަމުން އަންނަ،  ރަށްރަށުގައި ފަސޭހައިން ހެއްދޭ،  އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން  ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450