Ads by Farudhun

ޚަބަރު

އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯ ޖުލައި މަހު ބާއްވަނީ

އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯ ޖުލައި މަހު ބާއްވަނީ

އެމްއެމްއޭގެ އިމާރާތް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ޖޫން 2026، 02:36

22 ޖޫން 2026، 02:36

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލީ ދާއިރާ ތަރައްޤިކޮށް ކުރިއެރުވުމަށް ޓަކައި އަންނަމަހުގެ 2 އިން 4 އަށް 
"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގެ ނަމުގައި އެކްސްޕޯއެއް ބެއްވުމަށް ނިންމައިފިއެވެ. 

މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގެ މެދުގައި އޮންނަ މާލީ ހޭލުންތެރިކަން އިތުރުކުރުމާއެކު މާލީ ކަންކަމުގައި މީހުންގެ ބައިވެރިވުން އިތުރުކުރުމެވެ. 

މި އެކްސްޕޯއަކީ މާލީ މުއައްސަސާތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ވިޔަފާރިތައް އާންމުންނަށް ޓަކައި އެއް ފުރަޅެއްގެދަށަށް ގެނެސްދޭ އެކްސްޕޯއެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. މި ހަރަކާތުގެ ސަބަބުން އާންމުންނަށް އެ މުއައްސަސާތަކާއި ސީދާ ގޮތުން ބައްދަލުވެވި، ފަސޭހަކަމާއެކު މާލީ ކަންކަމާބެހޭ މައުލޫމާތު ލިބޭނެއެވެ. އަދި އެކްސްޕޯގައި ބައިވެރިވާ މުއައްސަސާތަކާއި ވިޔަފާރިތަކަށް އެމީހުންގެ އެންމެފަހުގެ އުފެއްދުންތަކާއި، ހިދުމަތްތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

އެމްއެމްއޭއިން މި ފައިނޭންޝަލް އެކްސްޕޯ ބާއްވާ މިއީ 3 ވަނަ ފަހަރެވެ. މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގެ އިތުރުން، ޖުލައި މަހުގެ 1 ވަނަ ދުވަހު "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ މާލީގޮތުން ފާހަގަކޮށްލެވޭ ކާމިޔަބީތައް ހޯދާ ފަރާތްތަކާއި، އާދަޔާޚިލާފު އީޖާދުތައް ތައާރަފުކޮށް އޭގެއިން ނަތީޖާ ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްއެމްއޭއިން އަލަށް އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެއިދާރައިން ވަނީ ބުނެފައެވެ. 

އަދި މި އެވޯޑުތައް ދިނުމުގެ މައިގަނޑު މަޤްސަދަކީ އާންމުންގެ ބޭނުންތަކުގެ މައްޗަށް ބިނާވެފައި އޮންނަގޮތަށް ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން މީގެ ދަށުން 7 އެވޯޑެއް ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450