Ads by Farudhun

ޚަބަރު

ފުލުހުން މާފުށީ ޖަލު ބަލާ ފާސްކުރަނީ

ފުލުހުން މާފުށީ ޖަލު ބަލާ ފާސްކުރަނީ

މާފުށީ ޖަލު. ފޮޓޯ:

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2026، 11:07

22 ޖޫން 2026، 11:07

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާފުށީ ޖަލު ބަލާ ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

 މި އޮޕަރޭޝަނަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންގެ އިދާރާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ޖަލުތަކުގެ ބެލެހެއްޓުންތެރިކަން ހަރުދަނާކުރުމަށާއި، ޖަލުތަކުގެ ތެރޭގައި މަނާތަކެތި ގެންގުޅުމާއި ކުށުގެ މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެކެވެ.

ޖަލަށް ވަގަށް ވައްދާ ތަކެތި ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މި މަހުގެ 15 ވަނަ ދުވަހު މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރެއް ބަހައްޓައި، ޖަލަށް ވައްދާ ހުރިހާ ތަކެތި ސްކޭން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މިއަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.

މިއީ ރާއްޖޭގެ ޖަލުތަކުގައި މިފަދަ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. މި ނިޒާމުގެ ސަބަބުން އޮޅުވާލައިގެން ޖަލަށް މަނާތަކެތި ވެއްދުމުގެ މަގު ބަންދުވެ، އެފަދަ ތަކެތި ހޯދުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ދެކެއެވެ.

ޖަލުތަކުގައި ތިބެގެން ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސްކޭމްގެ ބޮޑެތި ޢަމަލުތައް ހިންގާކަން ފުލުހުން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ. މިފަދަ އޮޕަރޭޝަންތަކާއި އަލަށް ޤާއިމުކުރެވުނު ސްކޭނަރުތަކުގެ ސަބަބުން، ޖަލުތަކުގެ ތެރޭގައި ހިންގާ މިފަދަ ކުށްތައް މަދުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450