ޚަބަރު
ހުޅުމާލެ ފޭސް 2 ގައި މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެއްޖެ
ފަރުކޮޅު ފުށި ސަރަޙައްދު---
ހުޅުމާލެ ފޭސް 2 ގެ ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 18:37 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ.
މި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ދެ މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ. އަދި ފަރުވާ ދިނުމަށްފަހު އެ ދެ މީހުންވެސް ހަމަ އެރޭ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މާރާމާރީގައި އަނިޔާވި 21 އަހަރުގެ މީހާ، މި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.