Ads by Farudhun

ޚަބަރު

މ. އަތޮޅުގެ 8 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

މ. އަތޮޅުގެ 8 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި

ޔުޓިލިޓީގެ ޚިދުމަތް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

21 ޖޫން 2026، 07:56

21 ޖޫން 2026، 07:56

މީމު އަތޮޅުގެ އަށް ރަށެއްގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންނެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރި މ. އަތޮޅުގެ އަށް ރަށަކީ:

މ. މުލި
މ. ދިއްގަރު
މ. ކޮޅުފުށި
މ. މަޑުއްވަރި
މ. މުލައް
މ. ނާލާފުށި
މ. ރަތްމަންދޫ
މ. ވޭވަށް
ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ފޯރުކޮށްދެމުން އައި މި ރަށްތައް ސްޓެލްކޯއާ ހަވާލުކުރީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.



މިއީ ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަން ފެށި އިޞްލާޙީ ބަދަލުތަކުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މިގޮތުން، މިދިޔަ އޭޕްރިލް މަހުވެސް ފެނަކައިން ތިން އަތޮޅެއްގައި ދެމުންދިޔަ ޚިދުމަތްތައް ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

މި ބަދަލާއެކު، މ. އަތޮޅުގެ މި ރަށްތަކުގެ ރައްޔިތުންނަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450