Ads by Farudhun

ޚަބަރު

އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ހާއްސަ ކެންޕޭނެއް

އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ހާއްސަ ކެންޕޭނެއް

ވިޒިޓް މޯލްޑިވްސް އިން އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ބާއްވާ ކެމްޕެއިން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ޖޫން 2026، 01:15

21 ޖޫން 2026، 01:15

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިންގިރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ގޯލްޑް މެޑަލްއާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓަކައި، ޖުލައި މަހުގެ 31 ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. 

މި ކެމްޕޭނުގެ ދަށުން ވީއެމްސީން އަމާޒު ހިފާފައިވަނީ އިނގިރޭސިވިލާތުގެ ޓްރެވަލް އޭޖެންޓުންނާއި ރީޓެއިލް ނެޓްވޯކުތަކާއި ސީދާ ގުޅުމެއް ގާއިމުކުރުމަށެވެ. އަދި މި ކެމްޕޭން ބަހާލެވިފައިވަނީ މައިގަނޑު 2 ބަޔަކަށް ކަމަށް ވެސް ވީއެމްސީން މައުލޫމާތުދެއެވެ. 

ފުރަތަމަ ބައިގައި އިސްކަމެއްދެވިގެންދާނީ އިންޑިޔާ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށްގެން ހިންގަމުންދާ ވިޔަފާރިތަކަށްކަމަށާއި، އޭގެ ދަށުން އިނގިރޭސިވިލާތުގެ ބޮޑެތި ފިހާރަތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ކުރެވި، މަޝްހޫރު މަޖައްލާތަކުގައި ވެސް ރާއްޖެ އިޝްތިހާރުކުރެވިގެން ދާނެކަމަށް ވީއެމްސީން ބުނެއެވެ. ޑިޖިޓަލް މީޑިއާގެ ދާއިރާއިން ބަލާއިރު، މިކަމަށް ހާއްސަ ވެބްސައިޓުތައް ހެދި، ސޯޝަލް މީޑިޔާގައި ޕޯސްޓުތައް ހަދައި، އިނގިރޭސިވިލާތުގެ ޓްރެވަލް އޭޖެންޓުނަށް އަމާޒުކޮށް އީމެއިލް ކެމްޕެއިނެއް ފެށިގެން ދާނެކަމަށް ވީއެމްސީން ބުނެއެވެ.

ކެމްޕޭނުގެ ދެވަނަ ބައިގައި އަލިއަޅުވާލަނީ "ލަގްޒަރީ" ފަތުރުވެރިކަން ދިގުމުއްދަތަކަށް ކުރިއެރުވުމަށް ޓަކައި، ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތައް އިޝްތިހާރުކުރުމަށެވެ. އެގޮތުން ޓްރެވަލް އޭޖެންސީތަކުގައި ރާއްޖޭގެ އިޝްތިހާރުތައް އަހަރުދުވަސްވަންދެއް ބެހެއްޓުމަށާއި، ލަގްޒަރީ ފަތުރުވެރިކަމާ ގުޅޭ ހާއްސަ ވެބްސައިޓުތައް ހެދުން މީގެ ތެރޭގައި ހިމެނެއެވެ. އަދި ރާއްޖެއާއި މެދު ޝައުގުވެރިކަން އުފެއްދުމަށް ބުކިންގްސް ހަދާ ފަރާތްތަކަށް އިނާމު ދޭ ޕްރޮގްރާމެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. 

އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން އެކަނި ރާއްޖެއައި ފަތުރުވެރިންގެ އަދަދު 80،000 އަށް އަރާފައިވާއިރު، އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ. މި ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިން ވެސް އިތުރުވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ.

އަދުގެ ސަރުކާރުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ އެއް މިލިއަން ފަތުރުވެރިޔާ ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެއް މިލިއަން ފަތުރުވެރިޔާ އައުން ވަނީ ވެލާނާ އެއާޕޯޓްގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450