Ads by Farudhun

ޚަބަރު

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ ސިލްސިލާ ބައްދަލުވުން އަރިއަތޮޅު ދެކުނުބުރީގައި ފަށައިފި

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ ސިލްސިލާ ބައްދަލުވުން އަރިއަތޮޅު ދެކުނުބުރީގައި ފަށައިފި

އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ސަރުކާރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ޖޫން 2026، 10:51

21 ޖޫން 2026، 10:51

ރާއްޖޭގައި އަންހެނުންނަކީ އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތައް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ފަށައިފިއެވެ. 

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ އަންހެނުންނާއި، އަލަށް ވިޔަފާރީގެ މައިޒާނަށް ނިކުންނަ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، އެމީހުނަށް ދިމާވާ ގޮންޖެހުންތަކާއި، އެމީހުނަށް ހުޅުވާލެވިފައިހުރި ފުރުސަތުތަކާއި، ދެވެންހުރި ތަމްރީނުތަކުގެ އިތުރުން، އެ މީހުނަށް ލިބެންހުރި ވަސީލަތްތައް ދެނެގަނެ އަންހެނުން އިޤްތިޞާދީ ކަންކަމުގައި ބައިވެރިކުރުމަށް އެކުލަވާލެވިފައިހުރި ސިޔާސަތުތައް ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް މި ޕްރޮގްރާމުން ވަނީ އަމާޒު ހިފާފައެވެ. އަދިހަމަ އެހެންމެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް ދިވެހި އިޤްތިޞާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

މި ހަފްތާގައި އަރިއަތޮޅު އުތުރުބުރީގެ 10 ރަށެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުން ލިބޭ މައުލޫމާތުގެ އަލީގައި ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ހާލަތާއި ގުޅޭ ގޮތުގެ މަތިން ސިޔާސަތުތަކާއި ޕްރޮގްރާމުތައް އެކުލަވާލެވިގެންދާނެއެވެ. އެހެންކަމުން މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް ހުށައެޅުމަޓަކައި ލިބިގެންދާ ރަނުގެ ފުރުސަކަށްވެގެންދާނެ އެވެ.

މިއީ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ ސިލްސިލާ ބައްދަލުވުންތައް ހިންގާ ހަތަރުވަނަ އަތޮޅެވެ. ކުރިން މި ޕްރޮގުރާމު ބައްވާފައިވަނި،  ލ.އަތޮޅާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ. 

އިޤްތިޞާދީގޮތުން އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައި ހިމަނުއްވާފައިވާ ވަރަށް މުހިންމު އެއް އަމާޒެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450