ޚަބަރު
ޙަދީޘް ހިތުދަސްކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތް 1448. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރިއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތް 1448" ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުމުރުން 6 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އިމާމް އައްނަވަވީގެ 40 ޙަދީޘް (الأربعون النووية) ހިތުދަސްކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރިއިން މައުލޫމާތު ދެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ޓަކައި އެކަމަށް ހާއްސަ ފޯމު ފުރާ ހުށައަޅާއިގެންނެވެ. މި ފޯމު ފުރުމުގެ ސުންގަޑިއަކީ މިހިނގާ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހެވެ.
ރާއްޖޭގައި އިސްލާމްދީނާމެދު އޮންނަ ލޯބި މިހުންގެ ހިތްތަކުގައި އާލަކޮށް ދިރުވުމުގެ ގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ، އިސްލާމްދީނާ ބެހޭގޮތުން މީހުންނަށް ގިނަ މައުލޫމާތުތަކެއް ދެވި، ދީނަށް އަހައްމިއްޔަތުކަންދޭ ބަޔަކަށް ދިވެހީން ހެދުމެވެ.