Ads by Farudhun

ޚަބަރު

ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކޮށް ފަސޭހަކަމާއެކު ޑޮލަރު ގެނެވޭނެ މަގު ފަހިވާނެ - ރައީސް

ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކޮށް ފަސޭހަކަމާއެކު ޑޮލަރު ގެނެވޭނެ މަގު ފަހިވާނެ - ރައީސް

ޕޭޕަލް ހިދުމްތް ތައާރަފް ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ޖޫން 2026، 11:44

15 ޖޫން 2026، 11:44

ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ގޭޓްވޭ ކަމަށްވާ "ޕޭޕަލް" މެދުވެރިކޮށް ރާއްޖެއަށް ފަސޭހަކަމާއެކު ޑޮލަރު ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ އުފެއްދުންތެރިންނާއި، ފްރީލާންސަރުން އަދި ކުދި ވިޔަފާރިތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަށް ލިބުނު ދާއިމީ ހައްލެއް ކަމަށެވެ. މީގެ ކުރިން ބޭރުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކައިގެން ނުވަތަ ޚިދުމަތް ދީގެން ލިބޭ ޑޮލަރު ރާއްޖެއަށް ގެނައުމުގައި ހުރި ދަތިތައް މިއަދުން ފެށިގެން ނިމުމަކަށް އައީ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދަކީ ދިވެހި ޒުވާން އުފެއްދުންތެރިންނަށް ތާރީޚީ ދުވަހެއް. މީގެ ކުރިން އަޅުގަނޑުމެންނަށް އޮތީ ބޭރަށް ފައިސާ ފޮނުވުން އެކަނި. އެކަމަކު މިއަދުން ފެށިގެން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ތިޔަބޭފުޅުންގެ މަސައްކަތަށް ލިބޭ އާމްދަނީ ސީދާ ރާއްޖޭގެ ބޭންކު އެކައުންޓުތަކަށް ޑޮލަރުން ޖަމާކުރެވޭނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން ލިބޭނެ މުހިންމު ފަސޭހަތަކުގެ ތެރޭގައި ގްރެފިކް ޑިޒައިނަރުންނާއި، ޕްރޮގްރާމަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންނަށް ބޭރުގެ ކުންފުނިތަކަށް މަސައްކަތް ކޮށްދީގެން ލިބޭ އުޖޫރަ ފަސޭހައިން ލިބެގެންދާނެއެވެ.

ގެސްޓްހައުސްތަކަށް ބޭރުގެ ފަތުރުވެރިން އަތުން ސީދާ ޑޮލަރުން ޑިޕޮސިޓް ބަލައިގަނެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތްތައް ބޭރުގެ ބާޒާރަށް ވިއްކައި، އޭގެ ފައިދާ ސީދާ ލިބޭނެއެވެ. 

ރައީސް އިތުރަށް ވިދާޅުވީ، މިއީ ސަރުކާރުގެ "ވިޜަން 2040" ގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުން ހޯދުމަކީ އަމާޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތުގައި އެހީތެރިވެދެއްވި އުރީދޫގެ ލީޑަރޝިޕަށާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އެމް.އެމް.އޭ އަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މި ޚިދުމަތާއެކު ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ކުރިމަތިވާ އެކަހެރިކަން ނެތިގޮސް، ދިވެހިންނަކީ ދުނިޔޭގެ ޑިޖިޓަލް ބާޒާރުގެ ހަރަކާތްތެރިވާ ބައިވެރިންނަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450