ޚަބަރު
"ޢީދު ހަވީރު 1447": އެމްއޭސީއެލްގެ ފަރާތުން ކުލަގަދަ ހަރަކާތްތަކެއް
އީދު ފާހަގަ ކުރުން - ފޮޓޯ : އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، އަޟްޙާ ޢީދާ ގުޅުވައިގެން ބާއްވާ "ޢީދު ހަވީރު 1447" ފެސްޓިވަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބައިވެރިވާން ނިންމައިފިއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަން އާލާކުރުމަށް ބާއްވާ މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 27 އިން 29 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ފެސްޓިވަލުގައި އެމްއޭސީއެލްގެ ފަރާތުން ދިވެހި ސަޤާފީ ކުޅިވަރުތަކާއި, މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ޚާއްޞަ ސްޓޯލްތަކެއް ބަހައްޓާނެއެވެ. އެގޮތުން ކޯޑiއާއި، ބޮޑުބެރާއި، މާލީގެ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންނަށް ކަމުދާނެ މެސްކޮޓްތައް ވެސް ސްޓޯލްގައި އުޅޭނެއެވެ.
ސްޓޯލްގައި ހިމެނޭ ޚާއްޞަ ކުޅިވަރުތަކުގެ ތެރޭގައި ފަނުން ހަދާފައިވާ "ޓްރީހައުސް" އަކާއި، ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް އަދި ބަބުލް ހައުސް ފަދަ ޢާއިލީ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހީނާ އަދި ފޭސް ޕެއިންޓިންގގެ ޚިދުމަތް ލިބޭނެ ކޯނަރތަކެއްވެސް ހުންނާނެއެވެ.
މި ހަރަކާތުގެ އެންމެ ޚާއްޞަ އެއް ކަމަކީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމެވެ. އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައެވެ. މި އުފާވެރި ޢީދު ހަވީރުގައި ބައިވެރިވުމަށް އެމްއޭސީއެލްއިން ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވައެވެ.