Ads by Farudhun

ޚަބަރު

ގާދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ

ގާދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ

މަޝްރޫޢުގެ އަދާހަމަ / ފޮޓޯ: އެމްޓީސީސީ

ތ. ގާދިއްފުށީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން މަސައްކަތްތައް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކުގެ ތެރެއިން ޓައި ބީމް އެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 4005 އަކަފޫޓުގެ ސަރަޙައްދެއްގައި ބިންގަނޑު ކޮނުމާއި، މެޝިނަރީގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތުގެ އިތުރުން ފުރާޅު ހަރުކޮށް ދަވާދުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ސެންޓަރުގެ ބޭރު ފަރުމާކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި ސަރުކާރުގެ އަމާޒަކީ، މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވާއިރު، ގާދިއްފުށީގައި  ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމެކެވެ. 

މިއީ ސަރުކާރުން 5.43 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450