ޚަބަރު
ޢަބްދުﷲ ޖަލީލްގެ ޢާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވަވައިފި
އަލްމަރްޙޫމް ޢަބްދުﷲ ޖަލީލް. ފޮޓޯ: އެކްސް
ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ހއ. ތުރާކުނު، ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން، އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މަރްޙޫމްގެ ޢާއިލާއަށާއި ތުރާކުނުގެ ލޮބުވެތި ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ.
ޢަބްދުﷲ ޖަލީލަކީ ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ފަދަ މުހިންމު މަޤާމުތައް ފުރުއްވައި، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައި ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) May 20, 2026
46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައި ހއ.ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވުމުގެ ހިތާމައިގައި މަރްޙޫމްގެ ޢާއިލާއަށާައި ތުރާކުނުގެ ލޮބުވެތި… pic.twitter.com/xWVcjyzwmk
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ "މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުﷲ ޖަލީލް ލައްވާށި. އާމީން" މިފަދައިން ދުޢާ ކުރައްވަމުންނެވެ.