ޚަބަރު
ރޭގަ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެ
ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ:ސަން އޮންލައިން
ބުދަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާގައި އަނިޔާވި ފުލުސް މީހާގެ ލޯމަތި ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ. އަނިޔާވި އޮފިސަރަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.
މި ފުލުސް އޮފިސަރަށް އަނިޔާވީ ބުދަ ދުވަހުގެ ރޭ މާލޭގެ މަގުމަތީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގެ ތެރޭގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، އެއްވުމުގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ފަހަކަށް އައިސް މާލޭގެ އެކި ސަރަޙައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ދަނީ އެއްވެ، ސަރުކާރާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ. މި އެއްވުންތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ބައެއް ފަހަރު އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.