Ads by Farudhun

ޚަބަރު

ޙައްޖުވެރިންގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ރާއްޖޭގެ ޙައްޖު މިޝަނުން ސަޢޫދީގެ ޙައްޖު މިނިސްޓްރީއާ ބައްދަލުކޮށްފި

ޙައްޖުވެރިންގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ރާއްޖޭގެ ޙައްޖު މިޝަނުން ސަޢޫދީގެ ޙައްޖު މިނިސްޓްރީއާ ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާ ބައްދަލުކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2026، 01:15

14 މޭ 2026، 01:15

ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާ ބައްދަލުކުރައްވައިފިއެވެ.

ޖިއްދާގައި ހުންނަ ސަޢޫދީ ޙައްޖު މިނިސްޓްރީގެ ހެޑްކުއާޓާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އާއި މިޝަންގެ އިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޙައްޖު މިޝަނުން ވަނީ ސަޢޫދީގެ ޙައްޖާ ބެހޭ ކަންތައްތަކުގެ ޖެނެރަލް ސެކްރެޓަރީއާއި، ޙައްޖުގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރާއި ސަޢޫދީ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކޮށް، ޙާޖީންގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ސަޢޫދީން ކުރަމުންދާ މަސައްކަތްތަކަށް ޙައްޖު މިޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ޙައްޖު މިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ދެނެގަނެ، މިހާރު ހުރި އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމެވެ. ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް ވިލަރެސްކުރުމާއި، ކަންކަން ހިނގާގޮތް ގާތުން ބެލުމަކީ މިޝަންގެ އެންމެ އިސް މަސްއޫލިއްޔަތެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މާދަމާ ފުރުމަށް ވަނީ ތާވަލްކޮށްފައެވެ. ޙައްޖު މިޝަނުން މިހާރު ވަނީ ރާއްޖެއިން ޙައްޖަށްދާ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވާ 4 ފްލައިޓާއި، އެ ފްލައިޓްތައް ފުރާނެ ވަގުތުތައްވެސް ޢާންމުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450