Ads by Farudhun

ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2026، 12:00

14 މޭ 2026، 12:00

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އެ މަޤާމުން ވަކިކުރުމަށް ރަސްމީކޮށް ޤަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނައިބު ރައީސް ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށްވެސް މަޖިލީހުން ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުން ނުވަތަ އެ މީހަކު މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމާ ބެހޭ ބަހުސް ހިނގާ ޖަލްސާއެއްގައި، އެ ބޭފުޅަކަށް ބައިވެރިވެވަޑައިގަތުމާއި އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ނަގާ ވޯޓުގައި އެ ބޭފުޅަކަށް ބައިވެރިވެވަޑައެއް ނުގެންނެވޭނެއެވެ.

ނައިބު ރައީސް ވަކިކުރުމުގެ ޤަރާރެއް ހުށަހެޅޭނީ މަޖިލީހުގެ މުޅި މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. މިފަދަ ޤަރާރެއް ލިބޭތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް އަމީންއާންމު މެންބަރުންނަށާއި ނައިބު ރައީސަށް ފޮނުއްވަން ޖެހެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަން ޖެހޭނެއެވެ.

ޤަވާއިދުގައިވާ ގޮތުން، މިފަދަ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް ބަހުސެއް ނުކުރެވޭނެއެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450