Ads by Farudhun

ޚަބަރު

އެމްޑީޕީގެ ދެ ރައީސުންނާއެކު މަސައްކަތްކުރުމަށް ރައީސް ޔާމިން ނިންމަވައިފި

އެމްޑީޕީގެ ދެ ރައީސުންނާއެކު މަސައްކަތްކުރުމަށް ރައީސް ޔާމިން ނިންމަވައިފި

ރައީސް ޔާމީން---

އިދިކޮޅުގައި އޮތް މައި ޕާޓީ، އެމްޑީޕީގެ ދެ ރައީސުން ކަމުގައިވާ، ރައީސް މުޙައްމަދު ނަޝީދު އާއި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއެކު މަސައްކަތް ކުރެއްވުމަށް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ އެ ނިންމެވުމަކީ ނޫސްވެރިކަމުގެ ދިފާއުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ. 

ރައީސް ޔާމީންގެ މި ނިންމެވުމަކީ، އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލް މިއަދު ގޮވާލައްވާފައި ވަނިކޮށް އެ މަނިކުފާނު ނިންމެވި ނިންމެވުމެކެވެ. ފައްޔާޒް ވިދާޅުވީ، މިއީ ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން އެންމެ އެކަށޭނަ ވަގުތު ކަމަށެވެ.

އިދިކޮޅުން ކުރަމުން އައި މުޒާހަރާތައް މިރެއިން ފެށިގެން އިތުރަށް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ މުޒާހަރާގައި މިރޭ ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މުޒާހަރާތައް ވަރުގަދަ ކުރުމަށް އިދިކޮޅުން ނިންމީ، ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ޚިލާފުވުމުން "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް އަންގާރަ ދުވަހު ޙުކުމް ކުރުމާ ގުޅިގެންނެވެ. 

ކަން މިހެން އޮތް ނަމަވެސް އިދިކޮޅުން ސިފަކުރަނީ މިއީ ރައީސުލްޖުމްހޫރިއްޔާއާއެކު މިދިޔަ ހޯމަ ދުވަހު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ކުރި ޙުކުމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ދ

ދޮންސަންފާ

13/05/2026 19:44

އުނބަށް ޖެހީދޯ ތަނެއްގެ ފިތުނައެއް އުފައްދަން ވިއްޔާ މަރުދޭނެ ކުށެއްވާނީ ކުށަކަށް އެމްއެމްޕީއާރުގެ ފައިސާގަނޑުވެސް ދަވާލީ ނުބައިކަމެއްކަން އެނގިހުރެ ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް މީހަކު ފިތުނަ އުފައްދަން މީހުން އެއްކުރާނެކަމެއްނެތް އެއީ ރައްޔިތުން ބޭނުންވާ ކަމެއްނޫން.

މ

މުހައްމާދީ

13/05/2026 19:47

މީހުނަށް ފުރައްސާރަކުރާ މަލާމަތް ކުރާ ވެރިންނެއް ބޭނުމެއްނޫން . އެއީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫން . ބުރިޖެއް އެޅުނަސް ބަލައެއް ނުގަނެވޭނެ.