Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިސާ ވަނީ ހަމަޖެހިފަ: ވަޒީރު މުއްޠަލިބު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިސާ ވަނީ ހަމަޖެހިފަ: ވަޒީރު މުއްޠަލިބު

ގެދޮރިވެރިކަމާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2026، 07:10

12 މޭ 2026، 07:10

މާލޭ ސަރަހައްދުގައި ހިންގުމަށް ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ މިވަގުތު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހުރި ގޮންޖެހުންތަކާއި ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި 10,700 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ ތެރެއިން 3,260 ޔުނިޓެއްގެ އަމަލީ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުރިން 12,000 ޔުނިޓު އެޅޭނެ ކަމަށް ލަފާކުރި ނަމަވެސް، ބިމުގެ ދަތިކަމާ ހުރެ މިވަގުތު ލިބެން އޮތީ 10,700 ޔުނިޓު އެޅޭނެ ބިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަޤީޤަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް މިވަގުތު ލިބިފައެއް ނެތް. އެހެންނަމަވެސް މިނިސްޓްރީން އެބަ މަސައްކަތްކުރަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގައި ހުރި ބިންތަކުގެ ތެރެއިންވެސް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގޭނެ ފުރުސަތުތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ އުސްމިނަށް އައި ބަދަލާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެއަރޕޯޓަށް ފްލައިޓު ޖައްސާ މަގަށް ވާތީ، ކުރިން 17 ފަންގިފިލާއަށް ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، ސިވިލް އޭވިއޭޝަނުގެ ލަފާގެ މަތިން މިހާރު އިމާރާތް ކުރެވޭނީ 14 ފަންގިފިލާއަށް ކަމަށެވެ. މިއީ ޖުމްލަ ޔުނިޓުތަކުގެ އަދަދަށް ބަދަލު އައި އެއް ސަބަބު ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަމިއްލަ ކުންފުނިތަކުގެ ޝައުގުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ބިމާއި ބައެއް ލުއިތައް ދީގެން، ކޮންޓްރޯލް އަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ގުޅީފަޅާއި ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ބިންތައް ތަރައްޤީކޮށް، އެތަންތަނުގައި އާބާދުވެވޭނެ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450