Ads by Farudhun

ޚަބަރު

އޭޑީއެޗްޑީގެ ފަރުވާއަށް ބޭނުންވާ ބޭސް ކަށަވަރުކުރުމަށް ޤާނޫނީ އިސްލާހެއް

އޭޑީއެޗްޑީގެ ފަރުވާއަށް ބޭނުންވާ ބޭސް ކަށަވަރުކުރުމަށް ޤާނޫނީ އިސްލާހެއް

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2026، 04:29

12 މޭ 2026، 04:29

އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޤަރާރެއް ނެރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުގެ ދަށުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަށް ވަނީ އިސްލާޙު ގެންނަވާފައެވެ. މި ނިންމެވުމަކީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހެޅި ލަފަޔާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ.

މި ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، 11 މޭ 2026 ގައި ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަނީ މިތައިލްފެނިޑޭޓް މަނާކުރެވިފައިވާ ތަކެތީގެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށް ރުހުން ދީފައެވެ. މީގެ ކުރިން މި ބޭސް ހިމެނިފައިވަނީ ޤާނޫނުގެ ޖަދުވަލު 1 ގެ 89 ވަނަ ނަންބަރުގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ގޮތުގައެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައެވެ. މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ބޭނުންވާ މުހިންމު ފަރުވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450