ޚަބަރު
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އިތުރު މައްސަލައެއް ތަޙުޤީޤު ކުރުމަށް ފޮނުވައިފި
އެންޓިކޮޕަރަޕްޝަން ކޮމިޝަން---
ފަރުދުން
10 މޭ 2026، 10:42
10 މޭ 2026، 10:42
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅޭ އިތުރު މައްސަލައެއްގައި ދަޢުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ. މިއީ އަމިއްލަ ކުންފުންޏަކާ ދެކޮޅަށް ކުރާ ދަޢުވާއަކާ ގުޅޭ މައްސަލައެކެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މިއީ 150،000 ޑޮލަރު ހިމެނޭ މައްސަލައެކެވެ.
މި މައްސަލައާ ގުޅޮގެން 2014 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރު އޮކްޓޫބަރ މަހުގެ ނިޔަލަށް، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާއިން ބައެއް ޕޮޕިއުލަރ ކުންފުންޏަށް ވަނީ ޖަމާކޮށްފައެވެ.
އޭސީސީން ބުނެފައި ވަނީ ޕޮޕިއުލަރ މޯލްޑިވްސްއާ ދެކޮޅަށް ކުރާ ދަޢުވާގައި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލަރ މޯލްޑިވްސްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަޙުޤީޤަށް ހޯދިފައިވާކަމަށެވެ. ބ
އެސީސީގެ ތަހުޤީޤަށް އިތުރަށް ހާމަވި ކަންކަމުގެ ތެރޭގައި ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ވަނީ ހޯދިފައެވެ. އެރަށް ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ޢަމަލުނުކުރާކަން އޭސީސީން ފާހަގަކުރެއެވެ.
އޭސީސީން ވަނީ މައްސަލާގައި ހިމެނޭ ތ. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޅުގިރި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ނުކުރާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭކަން ފާހަގަކޮށް، އެއްބަސްވުމާއި އެއްގޮތަށް ޕޮޕިއުލަރ މޯލްޑިވްސް ޢަމަލުކޮށްފައި ނުވާތީ، އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށް ނިންމާފައެވެ.