Ads by Farudhun

ޚަބަރު

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކުރި މީހަކު ހޯދަނީ

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކުރި މީހަކު ހޯދަނީ

ހޯދަމުންދާ މީހާ/ފޮޓޯ: ފުލުހުން

10 މޭ 2026، 12:17

އޭޓީއެމްއަށް އޮޅިގެން ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޢިއުލާނުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ، އެ އޭޓީއެމްގެ ތެރެއިން ކާޑު ނަގާފައިވާ މީހާގެ ޙަރަކާތްތައް ދައްކުވައިދޭ ވީޑިއޯއެއް ޢާންމުކޮށް، އެމީހާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުން ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަޙުޤީގު ކުރަމުންދާ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އެޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ. ނަމަވެސް، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް އެމީހާ ހޯދިފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ހަމަ އެހެންމެ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ވަނީ ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450