Ads by Farudhun

ޚަބަރު

ތ. އަތޮޅުގެ 2 ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގެންފި

ތ. އަތޮޅުގެ 2 ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގެންފި

މަސްތުވާތަކެތި/ފޮޓޯ: ފުލުހުން

02 މޭ 2026، 09:51

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތ. ވޭމަންޑުއާއި ބުރުނީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ އޮޕަރޭޝަންގެ ތެރެއިން ބުރުނީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގައި، ބުރުނީ ބަނދަރު ސަރަޙައްދުގައި ވެރިއަކު ނެތި ބަހައްޓާފައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 11 ގުރާމް ހުރިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭމަންޑޫގައި މީހަކު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުުކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަ  ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450