Ads by Farudhun

ޚަބަރު

ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

މުޙައްމަދު ފިރުޒުލް އަބްދުﷲ ޙަލީލް. ފޮޓޯ: ޕީޕީއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 މޭ 2026، 11:10

02 މޭ 2026، 11:10

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް އަލްއުސްތާޒް މުހައްމަދު ފިރިޒުލް އަބްދުﷲ ހަލީލް އައްޔަނު ކުރައްވައިފިއެވެ. 

ފިރުޒުލް އެމަގާމަށް އައްޔަނުކުރިކަން ކޮންގްރެސް އިން ވަނީ އިއުލާނުކޮށްފައެވެ. 75،000 މެމްބަރުން ހިމެނޭ ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނު ކޮށްފައިވާއިރު އޭނާއަކީ ރައީސް އޮފީހުގެ ފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕްރެސިޑެންޝަލް އެފެއާޒް މަގާމުގައި ހުންނެވި ބޭފުޅެކެވެ. 

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށް އެޕާޓީ އިން ވަނީ ފިރުޒުލް އަށް މަރުހަބާ ދަންނަވައިފައެވެ. ފިރުޒުލް އަކީ މިސްރުގެ ޖާމިއަތުލް އަޒްހަރު މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ތައުލީމީ ޒުވާނެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450