Ads by Farudhun

ޚަބަރު

މި އަހަރު ވެގެންދާނީ މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ޤާނޫނުތައް ތަންފީޒުކުރެވޭ އަހަރަކަށް: ވަޒީރު

މި އަހަރު ވެގެންދާނީ މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ޤާނޫނުތައް ތަންފީޒުކުރެވޭ އަހަރަކަށް: ވަޒީރު

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ---

farudhun logo

ފަރުދުން

01 މޭ 2026، 08:40

01 މޭ 2026، 08:40

މި އަހަރު ވެގެންދާނީ މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ޤާނޫނުތައް ތަންފީޒުކުރެވޭނެ އަހަރަކަށްކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރީންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިއަދު ހަވީރު މާލޭ ސިޓީގައި ބޭއްވި ރެލީ ނިންމަވާލެއްވުމުގެ ގޮތުން، އެ ރެލީގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި އަދި މަސައްކަތްތެރިންނާ ގުޅުންހުރި މުހިއްމު ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރެވޭ އަހަރަކަށް މި އަހަރު ވެގެންދާނެކަމަށެވެ.

އެގޮތުން، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ޤާނޫނު ފުރިހަމައަށް ރާއްޖޭގައި ތަންފީޒު ވެގެންދާ އަހަރަށް މިއަހަރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް މަސައްކަތްކުރަން ގެނެސް، ނަހަމަގޮތުގައި އެމީހުންގެ ފައިދާ ނަގަމުންދިޔުން ހުއްޓުވާ މަސައްކަތްތެރީންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދެއްވާ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ދިވެހިންނަށް މަސައްކަތްތެރި މާޙައުލެއް ކަށަވަރުކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށް، ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނެސްދިނުން.

ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ހޯދި ކޮންމެ ކަމިޔާބީއެއްގެ ފަހަތުގައި ތިބީ މަސައްކަތްތެރިން ކަމަށާއި، ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހި އިޤްތިޞާދުގެ މައި ބަދަކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450