ޚަބަރު
މަންދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި ޝަހީމާ ޕީއެންސީއަށް ސޮއިކޮށްފި
އދ. މަންދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި ޝަހީމާ ޕީއެންސީއަށް ސޮއިކުރުން -- ފޮޓޯ : ދަ ޕްރެސް
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި އދ. މަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކުރައްވައިފިއެވެ.
މިކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ ޕީއެންސީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރެއްވި ޝަހީމާ ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ޝަހީމާގެ މި ނިންމެވުމަށްޓަކައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޫނު މަރުޙަބާއެއް ދަންނަވާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީއާ ގުޅިވަޑައިގަތުމަށްފަހު ޝަހީމާ ވިދާޅުވީ، އެމްޑީޕީ ދޫކޮށް ސަރުކާރު ކޯލިޝަނާ ގުޅެން ނިންމެވީ މަންދޫގެ ތަރައްޤީއަށްޓަކައި ކަމަށެވެ. އަދި ރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑޫ އެމްޑީޕީ ޓިކެޓުގައި ނުކުމެ ޕީއެންސީއާ ގުޅިގެން، މިހާޜުގެ ސަރުކާރާ ގުޅިގެން އަޅުގަނޑު މަސައްކަތްކުރަން ބޭނުންވާތީވެ، އަދި އަޅުގަނޑުމެންނަށް މިކަމުގައި ކުރިޔަށް ދެވޭނީވެސް ސަރުކާރާއި ގުޅިގެން ކަމަށްވާތީ އެބޭފުޅުންނާއި ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރަން ބޭނުންވާ މީހަކަށްވާތީ ކުރީގަވެސް، މިހާރުވެސ،ް އަޅުގަނޑު ޕީއެންސީއާ ގުޅުނީ. އަޅުގަނޑޫގެ ރަށަށް ފައިދާވާނެ ކަންތައްތައް ކުރުމަށްޓަކައި ވެރިފަރާތާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޕާޓީއާ ގުޅުނީ." ޝަހީމާ ވިދާޅުވިއެވެ.
"އަޅުގަނޑޫ އެމްޑީޕީ ޓިކެޓުގައި ނުކުމެ ޕީއެންސީއާ ގުޅިގެން، މިހާޜުގެ ސަރުކާރާ ގުޅިގެން އަޅުގަނޑު މަސައްކަތްކުރަން ބޭނުންވާތީވެ، އަދި އަޅުގަނޑުމެންނަށް މިކަމުގައި ކުރިޔަށް ދެވޭނީވެސް ސަރުކާރާއި ގުޅިގެން ކަމަށްވާތީ އެބޭފުޅުންނާއި ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރަން ބޭނުންވާ މީހަކަށްވާތީ ކުރީގަވެސް، މިހާރުވެސ،ް އަޅުގަނޑު ޕީއެންސީއާ ގުޅުނީ. އަޅުގަނޑޫގެ ރަށަށް ފައިދާވާނެ ކަންތައްތައް ކުރުމަށްޓަކައި ވެރިފަރާތާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޕާޓީއާ ގުޅުނީ." ޝަހީމާ ވިދާޅުވިއެވެ.
"އަޅުގަނޑު އެމްޑީޕީ ޓިކެޓުގައި ނުކުމެ ޕީއެންސީއާ ގުޅިގެން، މިހާޜުގެ ސަރުކާރާ ގުޅިގެން އަޅުގަނޑު މަސައްކަތްކުރަން ބޭނުންވާތީވެ، އަދި އަޅުގަނޑުމެންނަށް މިކަމުގައި ކުރިޔަށް ދެވޭނީވެސް ސަރުކާރާއި ގުޅިގެން ކަމަށްވާތީ އެބޭފުޅުންނާއި ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކުރަން ބޭނުންވާ މީހަކަށްވާތީ ކުރީގަވެސް، މިހާރުވެސ،ް އަޅުގަނޑު ޕީއެންސީއާ ގުޅުނީ. އަޅުގަނޑޫގެ ރަށަށް ފައިދާވާނެ ކަންތައްތައް ކުރުމަށްޓަކައި ވެރިފަރާތާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޕާޓީއާ ގުޅުނީ." ޝަހީމާ ވިދާޅުވިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޝަހީމާ މި ގޮނޑި ކާމިޔާބު ކުރެއްވީ 150 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ޝެހެނާޒަށް ލިބިފައިވަނީ 112 ވޯޓެވެ.
ޝަހީމާ ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު، މަންދޫ ކައުންސިލްގެ އަޣުލަބިއްޔަތު މިހާރު ވަނީ ޕީއެންސީއަށް ލިބިފައެވެ. ކައުންސިލަށް ހޮވިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ޝަހީމާގެ އިތުރުން ދެން ހިމެނެނީ ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުވި އައްބާސް ސައުދުއެވެ.
މި ނިންމުމާއެކު މަންދޫގެ ތަރައްޤީގެ މަސައްކަތްތަކަށް އައު ދިރުމެއް ލިބި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެއެވެ.