Ads by Farudhun

ޚަބަރު

އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ތަޙުޤީގުކުރަނީ

އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ތަޙުޤީގުކުރަނީ

މި މައްސަލަ ދަނީ ބަލަމުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޭޕްރީލު 2026، 08:24

07 އޭޕްރީލު 2026، 08:24

އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގުކުރަން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން، އެ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޚާއްޞަ ތަޙުޤީޤު ޓީމެއް ހާދިސާ ހިނގި ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅޭގޮތުން މީސް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފަވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ހަގީގަތާ ޚިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މަޢުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
މ

މޫސަ

08/04/2026 04:54

އެކުއްޖާގެ މަންމަ އަކީ ކުދިން ބެލެހެއްޓުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ އަންހެނެއް. އަދި އެއްވެސް ވަރަަކަށް ކުދިންނަށް ރަހުމު ކުރާނެ މައެއްނޫން. ނަމަވެސް މިއަދާހަމައަށް އެމީހާއަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވޭ، މިނިވަންކަން މަތީ ނަރުހެއްގެ ވަޒީފާގައި އުޅެމުން ދަނީ...