Ads by Farudhun

ޚަބަރު

މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޭޕްރީލު 2026، 04:13

01 އޭޕްރީލު 2026، 04:13

މުލީގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރް އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދު އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.

އެމްޓީސީސީން  ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު، އެތާނގައި 10 ކްލާސްރޫމް، 1 ލައިބްރަރީ، 1 އޭވީ ރޫމް ގެ އިތުރުން، ހެލްތު ރޫމެއް ވެސް ހެދުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. މި މަޝްރޫޢަކީ 18.80 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

1020 މީހުންގެ އާބާދީއެއް އޮންނަ މ. މުލީ ސްކޫލުގައި 240 ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދާއިރު، އެރަށަކީ އަތޮޅު ވެރިކަން ކުރާ ރަށަށްވުމާއެކު، އަތޮޅުގެ އެހެން ރަށްރަށުންވެސް ދަރިވަރުން ތަޢުލީމު އުނގެނުމަށް އެރަށުގައި ދިރިއުޅެއެވެ. އެހެންކަމުން، މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އައު ސްކޫލު ޢިމާރާތެއް ބިނާކުރެވުމުން ސްކޫލުގެ ޖާގައިގެ
ދަތިކަމަށް ހައްލު ލިބި، ކިޔަވާ ކުދިންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް
ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450