Ads by Farudhun

ޚަބަރު

އިންތިޚާބު އޮންނަ ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

އިންތިޚާބު އޮންނަ ދުވަހު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

މާލޭގެ ނޯތު ހާބަރުގައި މުދާ އަރުވައިގެން ޕިކަޕެއް ދަނީ / ފޮޓޯ: އެޓޯލް ޓައިމްސް

farudhun logo

ފަރުދުން

01 އޭޕްރީލު 2026، 03:22

01 އޭޕްރީލު 2026، 03:22

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ވުޒާރާގެ މި ނިންމުމަކީ އެ ދުވަހު އޮންނަ އިންތިޚާބުތަކާ ގުޅިގެން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ނިންމިނިންމުމެކެވެ.

އެގޮތުން ވޯޓުލާ ދުވަހުގެ ހެނދުނު 6:00އިން ފެށިގެން 23ވަނަ ދުވަހުގެ ރޭގެ 23:00އާ ހަމައަށް ވަކި ކެޓަގަރީތަކެއްގެ އުޅަނދު ދުއްވުން މަނާވާނެއެވެ. އެއީ A, B, C0, C2, D, E ކެޓަގަރީގެ އުޅަނދުތަކުގެ އިތުރުން V ކެޓަގަރީގެ އުޅަނދުތަކެވެ. މިއީ ހުސް ބަރު މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާ ހެވީ ވެހިކަލްގެ ގޮތުގައި ހިމެނޭ ކެޓަގަރީގެ އުޅަނދުތަކެވެ.



މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު "އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް ބޯލެނބުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450