ޚަބަރު
ފަތުރުވެރިން އައުން މަދުވުމުން ގެއްލުންވާ ރިޒޯޓުތަކަށް ބީއެމްއެލްއިން މާލީ އެހީ ދެނީ
ފަތުރުވެރިކަމާ ތިމާވެއްޓާއިބެހޭ ވަޒީރު ތާރިޤް އިބްރަހީމް---
ފަރުދުން
29 މާރިޗު 2026، 07:38
29 މާރިޗު 2026، 07:38
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާއިރު، މިކަމުގެ ސަބަބުން ގެއްލުންވާ ރިޒޯޓުތަކަށް މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާއިބެހޭ ވަޒީރު ތާރިޤް އިބްރަހީމް ވިދާޅުވެއްޖެއެވެ.
މި ހަނގުރާމައާ ގުޅިގެން ރާއްޖޭއަށް ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ، އެކަންކަމުން ރާއްޖެއަށް ކުރިމަރިވެދާނެ ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ހަނގުރާމައާ ގުޅިގެން ބައެއް ރިސޯޓުތަކުގެ ހިންގުމަށް ބުރޫއަރާތީ، އެ ފަރާތްތަކަށް ބީއެމްއެމްއެލްގެ ފަރާތުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ މާލީ އެހީތެރިކަމެއް ކަމަށެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް މަޓީއާއެކު މަޝްވަރާކުރައްވާ، ޚިދުމަތް ދޭން ދަތިވާ ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކިކަހަލަ މާލީ އެހީތެރިކަން އެފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮސް އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބޭ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ.
ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ރާއްޖެއަށް އިތުރު އެއާރލައިންތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ. އަދި ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު މަސައްކަތްތަކެއް ވިޒިޓް މޯލްޑިވްސްއާއެކު މިހާރުވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން އިންޑިއާއަށް ޚާއްސަކޮށް ޑިޖިޓަލް ކެމްޕެއިނެއް ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިފަދަ ޑިޖިޓަލް ކެމްޕެއިންތަކުގެ ސަބަބުން ލޯ ސީޒަނުގައިވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ހުސެއިން
29/03/2026 20:07
ހާދައަވަހަކަށްރިސޯޓުތައްއިދަޖެހި ސަރުކާރުންނާޖާއިޒުފާދާނަގަންތިވިސްނަނީ