ވިޔަފާރި / ޚަބަރު

ށ. ފުށިފަރު ޙަލާލު ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމުގެ ބީލަމަށް ހުޅުވާލައިފި

ށ. ފުށިފަރު ޙަލާލު ޓޫރިޒަމް މޮޑެލްއަށް ތަރައްޤީކުރުމުގެ ބީލަމަށް ހުޅުވާލައިފި

ރާއްޖޭގެ ރިޒޯޓެއްގައި ތިބި ފަތުރުވެރިންތަކެއް / ފޮޓޯ: ގޯ އޯޝަން

farudhun logo

ފަރުދުން

27 މާރިޗު 2026، 05:50

27 މާރިޗު 2026، 05:50

ށ. ފުށިފަރު ޙަލާލު ޓުރިޒަމް މޮޑެލްއަށް ތަރައްޤީކުރުމުގެ ބީލަމަށް ހުޅުވާލައިފިއެވެ.

މި ރަށް ޙަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި ދޫކުރާ ރަށްރަށުގެ ލިސްޓަށް އިތުރުކުރިކަން ހާމަކޮށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ށ. ފުށިފަރުގެ އިތުރުން، ޙަލާލު ޓުއަރިޒަމް މޮޑެލްއަށް ތަރައްޤީކުރުމަށް އިތުރު 3 ރަށެއް ވަނީ ކަނޑައަޅާފައެވެ. އެއީ ހދ. މަކުނުދޫ، ލ. ފޮނަގާދޫގެ އިތުރުން ސ. ދޮންހެރައެވެ.

މީގެތެރެއިން އެންމެ ބިން ބޮޑީ ހދ. މަކުނުދޫގައެވެ. އެ ރަށުގެ ބޮޑު މިނުގައި 200 ހެކްޓަރުގެ ބިން ހިމެނެއެވެ. އެހެންކަމުން ބީލަން ހުޅުވާލާފައި ވަނީ އެ ރަށުގައި 150 އެނދު ތަރައްޤީ ކުރުމަށެވެ.

މި ރަށްތަކުގެ ބޮޑު މިނާއި ތަރައްޤީ ކުރުމަށް ހުޅުވާލާފައިވާ އެނދުގެ އަދަދު:

ހދ. މަކުނުދޫ (200 ހެކްޓަރުގެ ބިން، 150 އެނދު)
ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު)
 ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު)
ސ. ދޮންހެރަ (8.38 ހެކްޓަރުގެ ބިން، 100 އެނދު)

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްރަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ކުއްޔަށް ދޫކުރެވޭ ހިސާބުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ރަށްތައް ޙަލާލު ޓުއަރިޒަމް ކެޓަގަރީއަށް ތަރައްޤީ ކުރުމަށް ހުޅުވާލާފައި ވަނީ ލުއިތަކަކާއެކުއެވެ. އޭގެތެރޭގައި ހިމެނެނީ:

  •  އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްރަށަށް އިކުއިޒިޝަން ފީ އާއި އަގު 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކުން
  • 20%އާ  ހަމައަށް މައާފްކުރެވޭގޮތަށް ޑިއުޓީ ކަނޑައަޅާފައިވުން
  • ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުން

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450