Ads by PNC

ޚަބަރު

ސަރުކާރުގެ ޓެކްސީ ޚިދުމަތަށް "މާލޭ ޓެކްސީ" މޯބައިލް އެޕް ތަޢާރަފް ކުރަނީ

ސަރުކާރުގެ ޓެކްސީ ޚިދުމަތަށް "މާލޭ ޓެކްސީ" މޯބައިލް އެޕް ތަޢާރަފް ކުރަނީ

ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭ އެއް ކެޓަގަރީގެ ޓެކްސީ---

farudhun logo

ފަރުދުން

26 މާރިޗު 2026، 09:03

26 މާރިޗު 2026، 09:03

ސަރުކާރުގެ ޓެކްސީ ޚިދުމަތް ހޯދުމުގައި ޒަމާނީ އަދި ފަސޭހަ ގޮތްތައް ހަމަޖެއްސުމުގެ ގޮތުން "މާލޭ ޓެކްސީ" މޯބައިލް އެޕް ވަރަށް އަވަހަށް ތަޢާރަފް ކުރާނެކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވާ މި ޓެކްސީ ލައިނަށް ޚާއްޞަ ހޮޓްލައިނެއް ވެސް ޤާއިމްކޮށްފައި ވެއެވެ. މިކަމަށް ޚާއްޞަ ހޮޓްލައިނަކީ 1655 އެވެ.

ވަޒީރު ވިދާޅުވީ "މާލޭ ޓެކްސީ" އެޕަކީ ވެސް ބޭނުންކުރަން ފަސޭހަވާނެ އެޕެއްކަމަށާއި، އަދި ޚިދުމަތުގެ ޓެކްސީތައް ދަތުރުކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުތަކުގައި ކަމަށެވެ. އެހެންކަމުން މިއީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.



ސަރުކާރުން ތަޢާރަފްކުރާ ޓެކްސީ ލައިނުން ޚިދުމަތް ދެމުންދާނީ އިލެކްޓްރޯނިކް ވެހިކަލްތައް ބޭނުންކޮށްގެންނެވެ. މި ޚިދުމަތުގައި ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖް ކުރުމަށް ޚާއްސަ އީވީ ސްޓޭޝަންތައް މިހާރުވަނީ ތައްޔާރުކޮށްފައެވެ.

ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް އެޚިދުމަތް ހެދުމަށެވެ. ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450