Ads by PNC

ޚަބަރު

ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު: މުހުތާޒު

ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު: މުހުތާޒު

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު މުހުތާޒު---

farudhun logo

ފަރުދުން

25 މާރިޗު 2026، 09:53

25 މާރިޗު 2026، 09:53

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ރެފަރެންޑަމް ވޯޓާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން، އެކަމަށް ފާޑުވިދާޅުވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވައި، ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އެ ބޭފުޅާކަމަށް، ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައި ނުގަތުމުން ހުސްނުއްސުޢޫދު ވިދާޅުވީ، އެ ކޯޓުން ދައުވާކުރި މީހާގެ އަޑު ނާހައި ނިޔާ ކަނޑައެޅުމަކީ ގޯހެއްކަމާމެދު ސުވާލު އުފައްދާފައެވެ.

ރިފަރެންޑަމްއަކަށް އަހަންޖެހޭ ކަމެއްގަ 15 ދުވަސް ތެރޭގަ ބިލާމެދު ގޮތެއް ނުނިންމީމަ ބިލު ބާތިލުވާނެކަން އެއީ ދައުވާއަކީ. ސުޕްރީމް ކޯޓުން މި ކުރި ކަމަކީ އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައެޅުން. ދައުވާ ކުރާ މީހާގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ؟

ހުސްނުއްސުޢޫދު ކުރެއްވި ޕޯސްޓުގައި ވެއެވެ.

ސުޢޫދުގެ ފާޑުވިދާޅުވުމަށް ރައްދުދެއްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި މުހުތާޒު ވިދާޅުވީ ސުޢޫދު އެ ވިދާޅުވާ ގޮތަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން މައްސަލަތައް ނިންމެވީ އެ ބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރު ކަމަށެވެ.

އިތުރަށް މުހުތާޒު ވިދާޅުވީ ރަޖިސްޓްރާއަށް އެ ބާރު ދިނީވެސް އޭރުގެ ސުޕްރީމް ކޯޓުންކަމަށާއި، އަދި އެގޮތަށް ރަޖިސްޓްރާ ނިންމަވާފައިވާ ނިންމެވުންތައް ސައްޙަކަން ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި ސުޢޫދުވެސް އެއިރު ހިމެނިވަޑައިގެންނެވި ކަމަށެވެ. 

ތިޔަ ވިދާޅުވާގޮތަށް ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ އުސްތާޛު ސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވިއިރު. އަދި ރަޖިސްޓްރާއަށް އެބާރު ދިނީވެސް އޭރުގެ ސްޕްރީމްކޯޓުން. ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅުކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ތެރޭގައި އުސްތާޛު ސުއޫދު ހިމެނޭ.

މުހުތާޒު ވިދާޅުވިއެވެ.

އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ ކަމުގައި ޤާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާ ޚިލާފު ސުވާލެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ. އަދި ރައީސް ބިލު ތަސްދީގުކުރައްވަން ނުނިންމަވާނަމަ މަޖިލީހަށް އެ ބިލު އަނބުރާ ފޮނުއްވަން ނުޖެހޭނެތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450