Ads by PNC

ޚަބަރު

ކާނާ ވިހަވެގެން ދާންދޫގައި އަންހެނަކު ނިޔާވެއްޖެ

ކާނާ ވިހަވެގެން ދާންދޫގައި އަންހެނަކު ނިޔާވެއްޖެ

ކާނާ ވިހަވެގެން ދާންދޫއިން ނިޔާވި މީހާ----

farudhun logo

ފަރުދުން

24 މާރިޗު 2026، 08:07

24 މާރިޗު 2026، 08:07

ގއ. ދާންދޫގައި ކާނާ ވިހަވެގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވީ ގދ. ދާންދޫ، ވިނަމަތި، އުމުރުން 41 އަހަރުގެ އާއިޝަތު އިބްރާހިމްއެވެ. އަދި އޭނާ ނިޔާވެފައި ވަނީ ކާނާ ވިހަވުމާ ގުޅިގެން އެ ރަށު ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ނަމަވެސް ކާނާ ވިހަވީ ކޮންއެއްޗެއް ކައިގެން ކަމެއް ކަމާގުޅޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ދާންދޫ ކައުންސިލުން ފޭސްބުކްގައި ރޭ ޚިއްޞާކުރި ތައުޒިޔާގެ މެސެޖުގައި ބުނެފައި ވަނީ، ނިޔާވި އާއިޝަތު އިބްރާޙިމްއަކީ އެ ރަށު ކައުންސިލް މެންބަރު އަހުމަދު އިބްރާހިމްގެ އެއްބަނޑު އެއްބަފާ ދައްތަ ކަމަށާއި، އަދި އެއީ އެ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ، އަޒުވާން މޫސާގެ ދެބެންގެ ދެދަރި ކޮއްކޮ ކަމަށެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާއިޝަތު އިބްރާޙިމްގެ ފިރިމީހާ ވަނީ މީގެ ހަ އަހަރު ކުރިން ނިޔާވެފައެވެ. އަދި ދުނިޔޭގައި އެ ދެމަފިރިންގެ 2 ކުދިން އެބަތިއްބެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450