Ads by PNC

ޚަބަރު

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް ސަބްސިޑީ ދޭން ނިންމައިފި

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް ސަބްސިޑީ ދޭން ނިންމައިފި

މަސްވެރިކަން ކުރާ ދޯނިތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 03:37

23 މާރިޗު 2026، 03:37

ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ދޯނިތަކަށް އެސްޓިއޯއިން ވިއްކާ ތެލުން ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެއެވެ.

މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާއި މަޝްވަރާކުރުމަށްފަހު މިހާރު ވަނީ މި ސަބްސިޑީ ދިނުމަށް ހަމަޖައްސާފައެވެ.

ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިޞާދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގައި މައިގަނޑުކޮށް ކުރާ އެއް ބާވަތުގެ މަސްވެރިކަން ކަމަށްވާއިރު، މި ސަބްސިޑީގެ ސަބަބުން މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ފެބްރުއަރީ މަހު އެކަނިވެސް މިފްކޯއަށް 400 އަށްވުރެ ގިނަ ދޯނިން 127 ޓަނުގެ ބޮޑު ކަންނެލި ކިރުވާފައިވެއެވެ. އަދި މިކަމަށް ގާތްގަނޑަކަށް 3 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450