Ads by PNC

ޚަބަރު

ބީއެމްއެލްއިން ކުރިޔަށްގެންދާ ހައުސިން މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ބީއެމްއެލްއިން ކުރިޔަށްގެންދާ ހައުސިން މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 މާރިޗު 2026، 08:16

22 މާރިޗު 2026، 08:16

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މީލްޑިވްސް (ބީއެމްއެލް)އިން "އެފޯޑަބަލް ހައުސިން"ގެ ނަމުގައި ކުރިޔަށްގެންދާ ހައުސިން މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. 

ހުޅުމާލޭ ފޭސް 2ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި، އެ މަނިކުފާނުގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި މި މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓްގެ ސައިޓަށް ޒިޔާރަތްކުރައްވައި ރައީސް ވަނީ، މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ  ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސީ.އެމް.އީ.ސީ. ގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު ހޯއްދަވާފައެވެ. މީގެއިތުރުން މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ ސީއެމްއީސީގެ އިސްވެރިންގެ އަރިހުގައި އެދިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މިއަދު އެ ސައިޓަށް ވަޑައިގެންފައިވާއިރު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ވަނީ ޚާއްޞަ ޚަފްލާއެއް ބާއްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450