Ads by PNC

ޚަބަރު

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ:ރައީސް އޮފީސް

farudhun logo

ފަރުދުން

21 މާރިޗު 2026، 11:08

21 މާރިޗު 2026، 11:08

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ދަށުން ފުރަތަމަ މަރުޙަލާގައި ބިނާކުރާ 1,224 ހައުސިންގ ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ. މި މަސައްކަތަކީ ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މުޅި މި މަޝްރޫޢުގެ ދަށުން ޖުމުލަ 3,260 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ކޮންސްޓްރަކްޝަން ކުންފުނީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450