Ads by PNC

ޚަބަރު

މުރައިދޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޢީދު ހަދިޔާއެއް ދެއްވައިފި: ޝުޖާއު

މުރައިދޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޢީދު ހަދިޔާއެއް ދެއްވައިފި: ޝުޖާއު

މުރައިދޫއަށް ފޮނުވުމަށް ލޯޑުކޮށްފައިވާ ޖެންސެޓު---

farudhun logo

ފަރުދުން

20 މާރިޗު 2026، 05:50

20 މާރިޗު 2026، 05:50

ހއ. މުރައިދޫގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ޢީދު ހަދިޔާއެއް ދެއްވާފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުރައިދޫ ރައްޔިތުންނަށް ދެއްވި ޢީދު ހަދިޔާއަކީ، އެ ރަށު ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ، ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުން ކަމުގައެވެ. 

އެގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ 250 ކިލޯ ވޮޓުގެ މުޅިއަން އައު ޖެންސެޓެއް އެ ރަށަށް ފޮނުވުމަށްޓަކައި ލޭންޑިން ކްރާފްޓަށް ލޯޑު ކޮށްފައިވާކަމަށް ޝިޖާއު ވަނީ ވިދާޅުވެފައެވެ.

ހއ. މުރައިދޫ ކަރަންޓު މައްސަލަ ހައްލު ކުރުމަށްޓަކައި 250KW ގެ ބްރޭންޑް ނިއު ޖެންސެޓެެއް މިހާރު ވަނީ މުރައިދޫ އަށް ގެންދިއުމަށްޓަކައި ލޭންޑިންގ ކްރާފްޓަށް ލޯޑް ކުރެވި،ރަށަށް ދިއުމަށް ޓަކައި ފުރާފައެވެ.މާތްاللهގެ ހެޔޮރަޚްމަތާއެކު އާދިއްތަ ދުވަހު މުރައިދޫއަށް ފޯރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވިއެވެ.

މި ޖެން ސެޓް ހިފައިގެން މުރައިދޫއަށް ދާ ލޭންޑިންގ ކްރާފްޓު އެ ރަށަށް ފޯރާނީ އާދީއްތަ ދުވަހުއެވެ. އަދި އެ ޖެންސެޓު ބޭނުންކުރަން ފެށުމުން، އެ ރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މުރައިދޫގެ ކަރަންޓުގެ މައްސަލައަކީ ގިނަ ދުވަސްވެފައިވީ މައްސަލައެއް ނަމަވެސް، މިއީ މިދިޔަ ދައުރުގައި ވެސް ޙައްލެއް ހޯދައި ނުދެވުނު ކަމެކެވެ. އެހެންކަމުން، އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް މި އުނދަގޫ މައްސަލަ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޙައްލުކޮށްދެއްވީތީ، ޝުޖާއު ވަނީ އެ ރަށުގެ ރައްޔިތުންގެ ނަމުގައި އެ މަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ކަރަންޓުގެ ޚިދުމަތަކީ އަސާސީ ޚިދުމަތެކެވެ. ނަމަވެސް، މިފަދައިން އިހުމާލުވެފައި އޮތް މިފަދަ ގިނަ ކަންކަމަށް، ޖުމްލަކޮށް ހުރިހާ ދާއިރާއަކުން ރައީސުލްޖުމްހޫރިއްޔާ ޙައްލު ހޯއްދަވައިދެއްވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450