Ads by Stelco

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ އެއްގަޑިއެއްގައި ބާއްވަނީ

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މާދަމާ އެއްގަޑިއެއްގައި ބާއްވަނީ

އިންތިޚާބެއްގެ ވޯޓުގުނުން ކުރިއަށްދަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 01:15

11 ފެބްރުއަރީ 2026، 01:15

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، މާލެއާއި ސިޓީތައް އަދި އެހެނިހެން ރަށްތަކުގައިވެސް ގުރުއަތުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައެވެ. މާލެ ސިޓީގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) ގައެވެ. އެހެން ރަށްރަށުގައި ގުރުއަތުލުން ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ގުރުއަތުލުމަށް އަންނަ ނަމަ، ކެންޑިޑޭޓުގެ ސިޓީއަކާއެކު އަންނަންވާނެ ކަމަށެވެ. "ސިޓީގައި އަންނަ މީހާގެ ނަން، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އަންނައިރު އައި.ޑީ ކަރޑްގެ އަސްލު ގެންނަންވާނެ،" ވިޝާލް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުޞަތު މާދަމާ ހެނދުނު 10:00 އާ ހަމައަށް އޮންނާނެއެވެ. ގުރުއަތުލުން ފެށުމާއެކު ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުވާނެ ކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ. ނަން ތަރުތީބުކޮށް ނިމުމުން، ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1,210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294,937 އެވެ. ކައުންސިލަރުންގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ކައުންސިލަރުންގެ އަދަދާ އެއްވަރަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450