Ads by Stelco

ޚަބަރު

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ހާޞިލް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ހާޞިލް ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް: ރައީސް މުޢިއްޒު

ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމު. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 06:36

09 ފެބްރުއަރީ 2026، 06:36

ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައެވެ. ރައީސްގެ ޕޯސްޓުގައި މި ކާމިޔާބީއަކީ މުޅި ޤައުމަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ޕާކިސްތާނުގައި ބޭއްވި މި މުބާރާތަކީ ދުނިޔޭގެ 16 ޤައުމަކުން 24 ޓީމު ބައިވެރިވި ވަރަށް ވާދަވެރި މުބާރާތެކެވެ. އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތަކީ ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤުގެ އިތުރުން ބައިވެރިންގެ ހިތްވަރާއި ޢަޒުމް ވަޒަންކުރާ މުބާރާތެކެވެ.

މީގެއިތުރުން، މި މުބާރާތުގައި ސިފައިންގެ ބުންވަރާއި މެންޓަލް ފިޓްނަސްގެ އިތުރުން، ތަފާތު އެތަކެއް އުނދަގޫ ޙާލަތްތަކުގައި ޓީމުގެ ބަދަހި ގުޅުން ޓެސްޓު ކުރެވިގެންދާކަން ފާހަގަކުރެވެއެވެ. މިފަދަ ބައިނަލްއަޤްވާމީ މައިދާނެއްގައި ދިވެހި ސިފައިން ހޯދި މި ރަން މެޑަލަކީ ދިވެހި އަސްކަރިއްޔާގެ ފެންވަރު ދުނިޔެއަށް ހާމަކޮށްދިން ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450