Ads by Stelco

ޚަބަރު

މިހަފުތާގެ އާދީއްތަ ދުވަހު ރިކޯޑް ޢަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

މިހަފުތާގެ އާދީއްތަ ދުވަހު ރިކޯޑް ޢަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 04:18

09 ފެބްރުއަރީ 2026، 04:18

މިދިޔަ އާދީއްތަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ ގޮތުގައި ރިކޯޑު ކުރެވިއްޖެއެވެ.

 ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ދުވަހު އެކަނިވެސް ރާއްޖެއަށް 10,462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރިކޯޑު ކަމަށްވާ މި މަހުގެ 1 ވަނަ ދުވަހުގެ ރިކޯޑު މުގުރާލި ދުވަހެކެވެ. އެ މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 10,253 ފަތުރުވެރިންނެވެ. މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ޖުމްލަ 70,801 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.8 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 295,589 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 279,915 ފަތުރުވެރިންނާ އަޅާބަލާއިރު %5.6 އިތުރު އަދަދެކެވެ. މި ކުރިއެރުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ޤައުމުން 37,304 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 35,304 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގައި އޮތް އިޓަލީވިލާތުން 30,045 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ނިމިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ރިކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މިހާރު ފެންނަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450